އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ކާނަލް އަޙްމަދު ޣިޔާސް، ކ.އަތޮޅު ބައެއް ރަށްތަކުގެ ކައުންސިލްތަކާއި އެ ރަށްރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފި ކަމަށް އެންއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.

އެފަރާތުން ވިދާޅުވީ އިއްޔެ ބޭއްވި މި ބައްދަލުވުމުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ކާނަލް އަޙްމަދު ޣިޔާސް ކުރެއްވި ދަތުރުފުޅުތަކުގެ ތެރެއިން، ކ.ކާށިދޫ ކައުންސިލާއި އެ ރަށުގެ މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން، ކ.ގުރައިދޫ ކައުންސިލާއި އެ ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ވަކިވަކިން ބައްދަލުކުރައްވާފައިވާކަމަށެވެ.

މިގޮތުން، މި ރަށްރަށުގެ ކައުންސިލް އިދާރާތަކުގައި ވަކިވަކިން ބޭއްވި ބައްދަލުކުރެއްވުންތަކުގައި، މި ރަށްތަކުގެ ހާލަތު ދެނެގަތުމާއި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން ހިންގާ ޕްރޮގްރާމްތަކުގެ މަޢުލޫމާތު ދިނުމުގެ އިތުރުން ކައުންސިލްތަކުން ސިފައިންގެ ފަރާތުން ބޭނުންވާ އިޖުތިމާޢީ އެހީތެރިކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ

މި ދަތުރުފުޅުގައި ކާނަލް އަޙްމަދު ޣިޔާސް ވަނީ ކ.ކާށިދޫގައި ހުންނަ ރާޑަރ ސްޓޭޝަނަށް ޒިޔާރަތްކުރައްވައި، އެތަން ބައްލަވާލައްވާފައެވެ.