ހއ. ތަކަންދޫ ނެރުގެ ބޭރުތޮށި އަޕްގްރޭޑް ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މަސައްކަތް ފަށާ ސަރަަހައްދު އެކަމަށް ތައްޔާރުުވެފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައްވެ ނިމިފައިވަނީ އިއްޔެއެވެ.

މި މަޝްރޫޢުގެ ދަށުން:

  • 4,455 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުން
  • 2,230 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުން
  • 252 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން
  • 160 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
  • 126 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުން
  • 883 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން
  • ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުން

މި މަޝްރޫޢަކީ 22.39 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.