އެމްއެންޕީގެ ހަރަކާތްތައް މާލޭގައި އިތުރު ކުރުމުގެ މަސައްކަތްތައް ފުޅާކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެ ޕާތީގެ ހަރަކާތްތައް މާލޭގައި އިތުރަށް ފުޅާކުރުމަށްޓަކައި ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވަނީ ބައްދަލުކުރެއްވުމެއް ބާއްވައިފައިވެއެވެ. މިއަދު ބޭއްވ އެބައްދަލު ކުރެއްވުމުގައި މާލެ ރީޖަންގެ ދާއިރާތަކަށް ނިސްބަތްވާ ބައެއް ރައީސުންނާއި ނާއިބް ރައީސުން ބައިވެރިވިއެވެ.

ނާޒިމަކީ އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓެކެވެ. މިއަހަރު ސެޕްޓެމްބަރ 9 ވަނަދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕޭން އެޕާޓީންވެސް ގެންދަނީ ކުރަމުންނެވެ. އެންމެ ބޮޑަށް މިހާރު ކުރަމުން އަންނަ މަސައްކަތަކީ ޕާޓީގެ ރިޔާސީ މެނިފެސްޓޯ އެކުލަވާލުމެވެ.

ރައީސް ނާޒިމް ވިދާޅުވެފައިވަނީ އެޕާޓީގެ މެނިފެސްޓޯގައި ހިމަނާނީ ފުއްދޭޭނޭ ކަންކަމުގެ ވާހަކަ ކަމަށެވެ. ބޯހިޔާވަހިކަމާއި އެފަދަ އެހެން އަސާސީ ޚިދުމަތްތަކަކީ ކޮންމެ ސަރުކާރެއް އަޔަށް ގާނޫނު އަސާސީން ލާޒިމްކޮށްފައިވާ ކަންކކަމަށްވާތީ އެކަންކޮށްދޭންޖެހޭނޭ ކަމަށެވެ. އެހެންކަމުން އެޕާޓީން ބޮޑަށް ވިސްނާނީ އޭގެއިތުރުން ރައްޔިތުންނަށް ބޭނުންވާކަންކަމާއި އެކަންކަން ކޮށްދެވޭނޭ ގޮތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.