ހއ .ހޯރަފުއްޓާ އެއް ފަޅެއްގައި އޮންނަ އުނގުލުފިނޮޅާއި ހުވަހަންދޫއާ ދެމެދުން، ފެނުނު ކިނބޫ ހިފުމަށްފަހު ދޫކޮށްލައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ ދިގުމިނުގައި ގާތްގަނޑަކަށް 6 ފޫޓު ހުރި އެ ކިނބޫ ދޫކޮށްލާފައިވަނީ ހޯރަފުށީ ހުޅަނގުން 45 ވަރަކަށް ނޯޓިކަލް މޭލު ކަނޑަށް ކަމަށެވެ.

އެ ކިނބޫ ފެނިފައިވަނީ ދޯންޏެއްގައި މަސް ބާނަން އެ ސަރަހައްދަށް ނިކުމެއުޅުނު ބަޔަކަށެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބިފައިވަނީ މިއަދު 12:50 އެހައިކަންހާއިރުއެވެ. ހާދިސާގެ މަޢުލޫމާތު ލިބުމުން އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން ދިޔައިރު، އެ ސަރަހައްދުގައި މަސްބާނަން އުޅުނު ދޯނިން އޮތީ ކަންވާރެއްގައި ކިނބޫ ބާނާފައެވެ. އެމްއެންޑީއެފް ކޯސްޓްގާޑު އުޅަނދަށް އެ ކިނބޫ ނެގީ ސިފައިންނެވެ.

މީގެ ހަފްތާއެއްހާ ދުވަސްކުރިން ވެސް ރާއްޖެއިން ވަނީ 14 ފޫޓުގެ ކިނބުލެއް ފެނިފައެވެ.