ގއ. ކޫއްޑޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އީ.އައި.އޭ ހެދުމުގެ މަސައްކަތް ފަށައިެެން ކުރިއަށްދާ ކަމަށް އެމްޓީސީސިން ބުނެފިއެވެ. މިއީ އެރަށުގެ ބަނދަރަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއު ނިމުމުނުބް މަސްވެރިންނަށް ފަސޭހަ ވެގެންދާނެއެވެ.

މި މަޝްރޫޢުގެ ދަށުން:

  • 90 މީޓަރުގެ ޝީޓް ޕައިލް ކުރުން
  • 365 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން
  • 33,300 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުން
  • 56,216 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުން
  • 89,516 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި ބިން ހިއްކުން
  • 325 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން
  • 87 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
  • ބަނދަރު ބައްތި ހަރުކުރުން ހިމެނެއެވެ.

މި މަޝްރޫޢަކީ 78.37 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.