ސްޕެނިޝް ލަލީގާގައި ރޭ އުނދަގުލުން ގެޓާފޭ 1-0 އިން ބަލިކޮށް ބާސެލޯނާއިން ތާވަލުގެ ކުރީގައި ލީޑް ދަމަހައްޓައިފިއެވެ.
ބާސެލޯނާގެ ކޭމްޕްނޯ ސްޓޭޑިއަމްގައި ކުޅުނު މިމެޗް ފެށުމުގެ ކުރިން ގެޓާފޭ ކުޅުންތެރިން ވަނީ، ބާސެލޯނާއިން ސްޕެނިޝް ސްޕަރ ކަޕް މިދިޔަ ހަފްތާގައި ކާމިޔާބު ކުރުމުން ގާޑް އޮފް އޮނާއެއް އަރުވާފައެވެ.
ގިނަވަގުތު ބޯޅަ ގެންގުޅުނުނަމަވެސް ހަމަލާތައް އުފެއްދުމުގައި ބާސާ ރޭ ފެނުނީ ދަށްކޮށެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 35 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޒުވާން ހުނަރުވެރި މިޑްފީލްޑަރު ޕެޑްރީއެވެ. އޭނާ މިލަނޑު ޖެހީ އަރިމަތިން ރަފީނާ ތިރި ތިރިން ނަގައިދިން ހުރަހެއް ގެޓާފޭގެ އޭރިޔާގެ ތެރެއަށް ހުރަސްވި ވަގުތު ގޯލު ކުރިމަތީގައި ހުހަށް ކަހަލަ ގޮތަކަށް ހުރެ އެއްފަހަރުން ޖަހައެވެ.
މިމެޗުގައި ގެޓާފޭއިންވެސް ނުރައްކާތެރި ދެހަމަލާއެއް ފޮނުވާލިއެވެ. މިދެހަމަލާގެ ހުރަކަށްވީވެސް ކީޕަރ މާކް ޓަރ ސްޓެޖެންއެވެ. މެޗަށްފަހު ބާސާގެ ކޯޗް ޒަވީ ހެނާންޑޭޒްވެސް ވަނީ ސްޓެޖެންގެ މިސޭވްތަކަށް ތައުރީފް ކޮށްފައެވެ.
މިމޮޅާއެކު ބާސާ، ތާވަލުގެ ކުރީގައި އޮތީ 17 މެޗުން 44 ޕޮއިންޓާއެކުއެވެ. ދެވަނައިގައި 41 ޕޮއިންޓާއެކު އޮތީ ރޭ އެތުލެޓިކޯ ބިލްބާއޯ އަތުން 2-0 އިން މޮޅުވި އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑެވެ.