ގުރައިދޫ ކައުންސިލްގެ ރައީސް ކައުންސިލް އިދާރާއަށް ވަނަނުދީ ފުލުހުންވަނީ ހިފަހައްޓާފައި ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

އެ ކޯލިޝަނުން ބުނެފައިވަނީ ކައުންސިލް އިމާރާތަށް އޭނާ ވަނަ ނުދީ ހިފެހެއްޓީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި އެރަށުގައި ހިންގާ ހަރަކާތްތަކަށް ހުރަސް އެޅުމުގެ ގޮތުން ކަމަށެވެ.

ޕްރިގްރެސިވް ކޯލިޝަނުން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިއަދު އެރަށަށް ވަޑައިގަންނަވާތީ ގިނަ އަދަދެއްގެ ފުލުހުން ވަނީ އެރަށަށް ގޮސްފައި ކަމަށެވެ. އަދި މިހާރު ޖަލުގައި ހުންނެވި ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި އެރަށުގައި ބާއްވާ މުޒާހަރާތަކަށް ފުލުހުން ގެންދަނީ ހުރަސް އަޅަމުން ކަމަށް އެކޯލިޝަނުން ވަނީ ބުނެފައެވެ.

މިކަމާ ބެހޭގޮތުން މިހާތަނަށް ފުލުހުން އެއްޗެއް ވިދާޅެއް ނުވެއެވެ.