މިހިނގާ ޖަނަވަރީމަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކ. ގުރައިދޫގެ ވޯޓުލާ މަރުކަޒު ބަދަލުވެއްޖެކަމަށް އެމްޑީޕީން ބުނެފިއެވެ. އެޕާތީން ބުނެފައިވަނީ އެރަށުގައި ވޯޓުލުން ދެންކުރިއަށްދާނީ ގުރައިދޫ ޒުވާނުންގެ މަރުކަޒުގައި ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ އެޕާޓީގެ އެންމެ ނުފޫޒާއި ބާރުގަދަ ދެބޭފުޅުންނެވެ. އެއީ މިވަގުތު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނެވީ އެމްޑީޕީގެ އިސް ލިޑަރު ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައިސް މުހައްމަދު ނަޝިދެވެ.

ދެ ބޭފުޅުން ވެސް ގެންދަނީ ޕްރައިމަރީ ކާމިޔާބު ކުރުމަށް ގަދަފަދަ މަސައްކަތްތައް ކުރައްވަމުންނެވެ. އެގޮތުން އެކިރަށްރަށަށް ވަޑައިގެން ކެމްޕޭން ޖަލްސާތަކާއި ބައްދަލުވުންތަކާއި އެއްވުންތައް ގެންދަވަނީ ބާއްވަމުންނެވެ. އޭގެއިތުރުން ދޮރުންދޮރަށް ހިންގެވުންވެސް ހިމެނެއެވެ. ދެބޭފުޅުންވެސް ވިދާޅުވަނީ ޕްރައިމްރީ ކާމިޔާބު ކުރައްވައި ރިޔާސީ ޓިކެޓު ކަށަވަރު ކުރައްވާނޭ ކަމަށެވެ.

މި ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ ޖަނަވަރީ 28 ވަނަދުވަހު ހެނދުނު 9:00 އިން ހަވީރު 5:00އަށެވެ. އެމްޑީޕީއަކީ ރާއްޖޭގައިއޮތް އެންމެބޮޑު އެއް ޕާޓީއެވެ.