ހުރަވީ ސްކޫލުގެ މުވައްޒަފުންނަށް، ބޭސިކް ފަޔަރ އެވެއަރނަސް ތިއަރީ ސެޝަނެއް ކުރިއަށް ގެންގޮސްފިކަމަށްް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ޖަނަވަރީ 22 ވަނަ ދުވަހު ހުރަވީ ސްކޫލުގައި ހިންގި މި ސެޝަންގައި އެ ސްކޫލުގައި މަސައްކަތްކުރާ 110 މުވައްޒަފުން ބައިވެރިވެފައިވާކަމަށެވެ.

މި ސެޝަންގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި:

  • އަލިފާން ރޯވާން މެދުވެރިވާ ސަބަބުތައް
  • އަލިފާން ފެތުރޭ ގޮތާއި، އަލިފާނުގެ ބައިތައް
  • އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތު
  • ފަޔަރ އެކްސްޓިންގުއިޝަރ އަދި ފަޔަރ ބްލޭންކެޓާ ބެހޭ މަޢުލޫމާތު ހިމެނެއެވެ.

އަދި މީގެއިތުރުން އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އިވެކުއޭޓް ކުރުމުގައި އަމަލުކުރަން ޖެހޭގޮތްވެސް ވަނީ ކިޔައިދީފައިކަމަށް އެފަރާތުން ވިދާޅުވިއެވެ.

މި ސެޝަންގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިންނެވެ.