މީގެ 9 އަހަރު ކުރިން މަރުވެފައިވާ މީހަކާއި އޭނާގެ ދަރިފުޅު މިދިޔަ ހަފްތާގައި ނަގާފައިވާ ވީޑިއޯއަކުން ފެނިއްޖެއެވެ. އިނގިރޭސިވިލާތުގެ ވެސްޓް ސަސެކްސްގެ އިންޑިއަން ރެސްޓޯރެންޓު ސްޕައިސް ކޮޓެޖްގެ ސޯޝަލް މީޑިއާގައި އިޝްތިހާރުކޮށްފައިވާ ވީޑިއޯގައި އައު އަހަރުގެ ޕްރޮމޯޝަންތަކާއެކު ވީޑިއޯ ކްލިޕެއް ހިމަނާފައި އޮތެވެ.

އިނގިރޭސި "ޑެއިލީ މެއިލް" އިން ބުނާ ގޮތުގައި ލޫސީ ވަޓްސަން ވަނީ އެ ވީޑިއޯގައި 2014 ވަނަ އަހަރު މަރުވެފައިވާ އޭނާގެ ފިރިމީހާއާއި ދަރިފުޅު ފެންނަ ކަމަށް ބުނެ ސުއާލުކޮށްފައެވެ. އޭނާގެ ސުއާލުތަކަށް ޖަވާބު ދެމުން ރެސްޓޯރެންޓުން ބުނެފައި ވަނީ އެއީ މިދިޔަ ހަފްތާގައި ނަގަފައިވާ ވީޑިއޯއެއް ކަމަށެވެ.