އިންޑިއާގެ މިނިސްޓްރީ އޮފް ހެލްތުން އިޢްލާން ކޮށްފައިވާ ގައިޑްލައިން ގައި ބުނެފައި ވަނީ "ފަހަރަކު މީހަކަށް، އެއް ކަށި، އެއް ސިރިންޖު" ބޭނުން ކުރުމަށެވެ. އަދި ރައްކާތެރިކަމާއެކު ބޭނުން ކުރާ ސިރިންޖު ނައްތާލުމަށެވެ.

ކޮންމެ ދުވަހެއްގައިވެސް ވެކްސިން ދޭންވާނީ ސެޝަނެއްގައި 100 އާއި 200 މީހުންނަށެވެ. ވެކްސިން ދޭ ތަނަށް ވައްދާނީ ވެކްސިން ދެވޭ މީހާއާއެކު އިތުރު އެއް އެހީތެރިއަކަށެވެ.

ކޮވިޑް ވެކްސިން ދޭން ޖެހޭ މީހުންނާއި ދެވޭ މީހުންގެ މަޢްލޫމާތު ރައްކާ ކުރާނީ ކޮވިޑް ވެކްސިން އިންޓެލިޖެންސް ނެޓްވަރކް (ކޯވިން) ގެ ޑޭޓާބޭސްއެވެ.

މިއީ އިންޑިއާގެ ތާރީޚްގައި މިހާ ފުޅާދާއިރާއެއްގައި ހިންގޭ ވެކްސިން ދިނުމުގެ އެންމެ ފުޅާ ޕްރޮގްރާމަށެވެ.

ވެކްސިންއާއި ވެކްސިން އުފުލާ ތަކެއްޗާއި އައިސް ޕެކްވެސް ސީދާ އިރުގެ އަވިން ސަލާމަތް ކުރުމަށް ވެސް އަންގާފައި ވެއެވެ.

ވެކްސިން ދޭނެ ތަރުތީބުވެސް އިންޑިއާގެ ނޭޝަނަލް އެކްސްޕާޓް ގްރޫޕް އޮން ވެކްސީން އެޑްމިނިސްޓްރޭޝަން އިން ވަނީ ކަނޑައަޅާފައެވެ.

އޭގައި ހިމެނެނީ، އެންމެ ފުރަތަ ގްރޫޕްގައި، ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ 10 މިލިއަން މީހުންނާއި ދެ ވަނަ ގްރޫޕް ގައި 20 މިލިއަން މީހުންނެވެ. އެއީ އިސް ސަފުގައި ހަރަކާތްތެރިވާ މީހުންނެވެ. މީގައި ފުލުހުންނާއި ސަލާމަތީ ކަންކަން ބަލަހައްޓާ ސަރުކާރުގެ ފަރާތްތަކާއި އަދި ޑިޒާސްޓާ މެނޭޖްމަންޓް މީހުންނާއި މުނިސިޕަލް ވޯކަރުން ހިމެނެއެވެ.

ތިން ވަނަ ގްރޫޕްގައި ލިސްޓް ކޮށްފައި ވަނީ އުމުރުން 50ން މަތީގެ މީހުންނާއި ބަލި މީހުންނެވެ. މީގައި ހިމެނެނީ 270 މިލިއަން މީހުންނެވެ.

ވެކްސިން ދިނުމުގެ ކުރިން އަތް ދޮވުމަށާއި 70 ޕަސެންޓް ހިމެނޭ އަލްކޮހޮލް އިން އަތް ސާފުކުރުމަށްވެސް އިރުޝާދު ދީފައި ވެއެވެ.