މާލޭގެ ދެކުނުފަރާތު ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗެއް ދިޔަވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އެހީތެރިކަން ފޯރުކޮށްދީފިކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މިއީ "ބީސްޓް" ނަމަކަށް ކިޔާ ލޯންޗެއްކަމަށެވެ.

މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ 22:27 ހާއިރު ކަމަށާއި މިކަމުގެ ރިޕޯޓް ލިބުމާ އެކު އެފްއާރުއެސްގެ ސިފައިން ވަނީ ދިޔަ ހިއްކާނެ ޕަންޕާއެކު ލޯންޗު އޮތް ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައިކަމަށްވެސް އެފަރާތުން ވިދާޅުވިއެވެ..

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.