ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް މިދިޔަ އަހަރު މަސައްކަތް ކުރި ޕޯޗުގަލްގެ ސިމާއޯ ކޮސްޓާ އަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ދޭންޖެހޭ 539،000.0 (ފަސްލައްކަ ތިރީސް ނުވަހާސް ރުފިޔާ) އޭނާއަށް ދީފިއެވެ.

އެފްއޭއެމްއިން ސިމާއޯއަށް ދޭންޖެހޭ ފައިސާ ދީފައި މިވަނީ، މިފައިސާ ހޯދުމަށް އޭނާ ފީފާއަށް މައްސަލަ ހުށަހެޅުމުންނެވެ. ފީފާއަށް އޭނާ މައްސަލަ ހުށަހެޅީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. ފީފާއިން އެފްއޭއެމްއަށް އެންގީ 45 ދުވަހުގެ ތެރޭގައި މިފައިސާ ދައްކައި ނިންމުމަށެވެ.

އެފްއޭއެމްއަށް ދިމާވެފައިވާ މާލީ މައްސަލަތަކާހުރެ އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ އެއިދާރާއަށް ދެއްކުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ފާހަގަ ކޮށްލެވެއެވެ.