އެންމެފަހުގެ ވަރލްޑް ކަޕް ގްރޫޕް ސްޓޭޖުން އުރުގުއޭ ކެޓި މެޗަށްފަހު ހިންގި ކުޅިވަރުގެ ރޫހާ ހިލާފް އަމަލުތަކުގެ ސަބަބުން ފީފާއިން އުރުގުއޭގެ 4 ކުޅުންތެރިން ސަސްޕެންޑް ކޮށްފިއެވެ.
ސަސްޕެންޑް ކޮށްފައި ވަނީ މަޝްހޫރު ފޯވާޑް އެޑިސަން ކަވާނީ އާއި ޑިފެންޑަރު ޑިއޭގޯ ގޯޑިން އާއި ހޯސޭ ޖިމިނޭޒް އަދި ފެނާންޑޯ މުސްލެރާއެވެ.
މީގެ ތެރެއިން ކަވާނީ އާއި ގޯޑިން ސަސްޕެންޑް ކޮށްފައި ވަނީ 1 މެޗަށެވެ. ކަވާނީއަކީ މެޗް ނިމިގެން ޓަނަލް ތެރެއަށް ވަންނަން ދަމުން ވީއޭއާރު ސިސްޓަމުގައި އަތުން ޖަހައި ވައްޓާލި ކުޅުންތެރިޔާއެވެ. އަނެއް ދެކުޅުންތެރިން ސަސްޕެންޑް ކުރީ ހަތަރު މެޗަށެވެ.
ގާނާ އަތުން 2-0 އިން އުރުގުއޭ މޮޅުވިނަމަވެސް، ގްރޫޕް ސްޓޭޖުން އުރުގުއޭ ކެޓީ ސައުތު ކޮރެއާ އަތުން 2-1 އިން ޕޯޗުގަލް ބަލިވުމުންނެވެ. ލަނޑުގެ ތަފާތުން އުރުގުއޭއަށްވުރެ ކުރި ހޯދައި މިގްރޫޕުގެ ދެވަނަ ގައުމުގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދީ ސައުތު ކޮރެއާއެވެ.
ގާނާ މެޗުގައި އުރުގުއޭއަށް ޕެނަލްޓީއެއް ލިބެންޖެހޭ ކަމަށާއި ރެފްރީގެ ނިންމުންތައް ހުރީ އެގައުމާ ދެކޮޅަށް ކަމަށް ކޯޗާއި ކުޅުންތެރިން ވަނީ މެޗަށްފަހު އެކި އިންޓަވިއުތަކުގައި ބުނެފައެވެ.