އިންޑިއާގެ ހަރުކަށި ހައްދުފަނައަޅާފައިވާ ހިންދީ ތާލިބާނުންގެ ދެކޮޅު ހެދުމާއެކުވެސް ސިނަމާތަކުގައި އަޅުވައިގެން ދައްކަމުން ގެންދާ، ޕަތާން ފިލްމަކީ ހިންދީ ސިނެމާގެ ތާރީޚުގައި މިހާތަނަށް ތިން ދުވަސް ތެރޭގައި އެންމެ ގިނައިން ފައިސާ ހޯދައިދިން ފިލްމުކަމަށް އިންޑަސްޓްރީން ބުނެފިއެވެ.

ދުނިޔޭގެ ހުރިހައި ކަންކޮޅަކުން އެ ފިލްމަށް ތިން ދުވަސް ތެރޭގައި 313 ކުރޯޑް އިންޑިއާ ރުޕީސް ލިބިފައި ވެއެވެ.

މިއީ ހަތަރު އަހަރު ފަހުން ޝާހްރުޚް ޚާން ހިންދީ ސިނަމާއަށް އައި ފިލްމެވެ. އޭނާއާ ދެކޮޅަށް އިންޑިއާގެ ބަޖުރަންގްދާލްއާއި ބީޖޭޕީގެ ހައްދުފަހަނައަޅާފައިވާ ފަރާތްތަކުން ޕްރޮޕެގެންޑާ ކޮށްފައި ވެއެވެ. ބިހާރުގައި ފަތާން އެޅުވުމުން ސިނަމާއެއް އަންދާލާފައި ވެއެވެ. އާސާމްގައި އެފިލްމު ނުދެއްކުމަށް އެދި ބީޖޭޕީގެ ފަރާތްތަކުން ވަނީ ފުލުހަށް މައްސަލަ ހުިށަހަޅާފައެވެ.