އެމެރިކާގެ ރައީސް ޖޯ ބައިޑަން ގެ ދެވަނަ ޗީފް އޮސް ސްޓާފްގެ މަގާމަށްވެސް ޔަހޫދީއަކު އައްޔަން ކުރައްވައިފިއެވެ. ޗީފް އޮފް ސްޓާފް ކަމަށް އައްޔަން ކުރެއްވީ ޖެފް ޒިއެންޓްސްއެވެ.

އުމުރުން 56 އަހަރުގެ ޒިއެންޓްސް އަކީ ވޮޝިންޓަންގެ ކޯލް ޔުއަރ މަދަރ ބެގްލް ކެފޭގެ އޯނަރެވެ. އޭނާ ކުރިން ހުންނެވީ ވައިޓްހައުސްގެ ކޯވިޑް ކޯޑިނޭޓަރުގެ މަގާމުގައެވެ.

އޭނާގެ ކުރިން ބައިޑެންގެ ޗީފް އޮސް ސްޓާފަކަށް ހުރީވެސް ޔަހޫދީއެކެވެ.