އުމުރުން 15 އަހަރުގެ އަހެންކުއްޖަކު މާލެއިން ގެއްލިގެން ހޯދަން ފަށައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން މިއަދު ވިދާޅުވީ ގެއްލިގެން ހޯދަމުން ދަނީ، ތ. ދިޔަމިގީލީ، އާގިސާމަންޒިލް، ޒީކް ބިންތި މުޙައްމަދު ރިޔާޒު ކަމަށެވެ.

އޭނާ ގެއްލިގެން ރިޕޯޓު ކޮށްފައިވަނީ މި ހިނގާ ޖަނަވަރީމަހު 26 ވަނަ ދުވަހު 18:17 އެހައިކަންހާއިރު ކަމަށެވެ. އެކަން ފުލުހަށް ރިޕޯޓުކުރީ ޖަނަވަރީ 25 ވަނަ ދުވަހު 17:00 އެހައިކަންހާއިރު ގެއިން ބޭރަށް ދިޔަގޮތަށް ގެއަށް އެނބުރި އައިސްފައި ނުވާތީ އެވެ.

ޒީކް ބިންތި މުޙައްމަދު ރިޔާޒު "ގެއްލެންދެން" ދިރިއުޅެމުން އައީ ގަލޮޅު ތޯނީއައްސޭރި ގޭގައެވެ. އެންމެ ފަހުން ފެނުނުއިރު ހުރީ ކަޅު ޝޯލެއް އަޅައި ހިތެއްގެ ބައްޓަން ކުރަހާފައިހުރި ކަޅު ޓޮޕަކާއި އަޅި ކުލައިގެން ޖިންސެއް ލައިގެން ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ ކުއްޖާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ނަންބަރު 9790163 ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި އަންގަވައި ދެއްވުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.