ޔޫރަޕްގައި ގޮއްފުޅަނގިއާއި ފަނި އެއްކޮށްގެން އުފައްދާ ކާނާ ވިއްކުން ވިލާތުގެ އިއްތިހާދުން ހުއްދަ ކޮށްފިއެވެ. މިއީ، ސިނާއީ ގޮތުންނާއި މާއްދީ ގޮތުން ކުރިއަރައިގެން ދިޔަ ޔޫރަޕްގައި ޕްރޮޓިން ލިބިގަތުމުގައި ޖަނަވާރަށް ބަރޯސާ ވުން ކުޑަ ކުރުމަށް އަޅާފައިވާ ފިޔަވަޅެއް ކަމށް ބުނެފައި ވެއެވެ.
ޔޫރަޕުން އަންގާރަ ދުވަހު ނިންމި ނިންމުގައި ވަނީ ގޮއްފުޅަނގިއާއި ގުއިވަޅު މެއްސާއި ފަނިތަކުން އުފައްދާ ޕައުޑަރާއި ޕެސްޓާއި އަދި ހިއްކާފައި ހުންނަ އެބާވަތުގެ ފަންޏާއި ގަނޑުކޮށްފައި ހުންނަ ފަނި ކާނާގައި ބޭނުން ކުރުމާއި ވަކިން ކާނާއަށް އެޅުމަށް ވިއްކުމަކީ ހުއްދަ ކަމެއް ކަމަށެވެ.
ޔޫރަޕުގެ ޖަމާއަތުން މިކަމަށް ހުއްދަ ދިނުމަށްފަހު ކޮށްފައިވާ ޓުއީޓެއްގައި ބުނެފައި ވަނީ އެއްވެސް މީހަކަށް ފަނިފަކުސަ ކެއުމަށް މަޖުބޫރެއް ނުކުރާނެ ކަމަށެވެ. ޔޫރަޕު މީހުން ގުއިވަޅު މެހި ކެއުން އޯކޭ ކުރުމުގެ ގޮތުން މީޑިއާގައި ބުނަނީ، ގުއިވަޅު މެއްސާއި ގޮއްފުޅަނގި އަދި ފަނިފަކުސަ ހިއްކާފައި ހުންނަ އިރު އޭގެ 30 ޕަސެންޓާއި 60 ޕަސެންޓަކީ ޕްރޮޓިން ކަމަށެވެ. އަދި އޭގެ ޕްރޮޓިން ނިސްބަތް ބިހާއި ޖަނަވަރު މަހަށް ވުރެން މުއްސަނދި ކަމަށެވެ.
ޕްރޮޓިން ލިބި ގަތުމަށް އެވެރިން އޫރު މަސްވެސް ކައެވެ. އަދި އެހެން ބައެއް ތަންތާނގައ މީދާވެސް ކައި އުޅެއެވެ. އަދި ބައެއް ގައުމުތަލުގައި ޅަ ބައްޅަ ކައިއުޅެއެވެ. ޖަރމަނީގައި ނަގާފައިވާ ޚިޔާލު ހޯދުމެއްގައި 80 ޕަސެންޓް މީހުން ބުނެފައި ވަނީ ފަނިފަކުސަ ކެއުން އެމީހުންނަށް އޯކޭއެއް ނޫން ކަމަށެވެ.
ރާއްޖޭގައިވެސް ޔޫރަޕުން ގިނަ އަދަދަކަށް ކާނާ އެތެރެ ކުރާއިރު ނޭނގުމެއްގެ ތެރޭގައި ދިވެހިންނަށް ފަނިފަކުސަ ނުކެވޭ ގޮތަަށް ކަމާ ބެހޭ ފަރާތުން އިންތިޒާމުތައް ހަމަޖެއްސުން މުހިންމެވެ. އެކަމަކު ހަލާލު ސެޓްފިކެޓް ޖަހާފައި ހުރޭތޯވެސް ބަލާ ނުލާ މުސްލިމު ގައުމެއް ގައި ބަޔަކު ކަމެއް ބަލާނެތޯ ސުއާލު އުފެދެއެވެ!