އެމެރިކާގެ ނިއުޖަރޒީގެ ޔަހޫދީ ފައްޅިއަކަށް ޕެޓްރޯލް ބޮމަކުން ހަމަލަ ދީފިއެވެ. އާދިއްތަ ދުވަހުގެ ރޭ މެންދަމުން އަނބުރާ 3ގެ ފަހުން ދީފައިވާ މި ހަމަލާ ފައްޅީގެ ދޮރަށް އަމާޒުވެ މައިތިރި ވިއެވެ. ފައްޅިއަށްވެސް މީހަކަށްވެސް ގެއްލުމެއް ނުލިބެއެވެ.

ވީޑިއޯ ކެމެރާއިން ހަމަލަ ދިން މީހާގެ މަންޒަރުތައް ނަގާފައި ވެއެވެ. އަދި ކާކުކަން ހޯދިފައެއް ނުވެއެވެ.

އިޒްރޭލުން ހިންގާ ފަލަސްތީނު މީހުންގެ ގަތުލުއާންމާ ދެކޮޅަށް ޔަހޫދީންނަށް ހަމަލަ އަމާޒު ކުރުނ އިތުރު ވެފައިވާ ކަން ފާހަގަ ވެއެވެ.