އަމިއްލަ ފަރާތެއްގެ އެހީތެރިކަމާއިއެކު ވ. ތިނަދޫގައި މިސްކިތެއް ބިނާކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެއްބަސްވުމެއްގައި ސޮއިކޮށްފިކަމަށް އެމިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައެވެ.

މިއަދު ބޭއްވި މި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ މިސްކިތެއް ބިނާކުރުމަކީ ވަރަށް މަތިވެތި ކަމެއްކަމަށާއި އުންމީދަކީ އެއްބަސްވުމުގައިވާ މުއްދަތުގެ ތެރޭގައި މިސްކިތް ނިމުންކަމަށެވެ. އަދި މިސްކިތުގެ މަސައްކަތް ކުރިއަށްދާއިރު ދިމާވާ ކަންކަމުގައި މިނިސްޓްރީގެ އެހީތެރިކަމެއް ބޭނުންވާނަމަ، މިނިސްޓްރީން އެފަދަ އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.

މިއީ 185 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މިސްކިތުގެ ޢަމަލީ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ 365 ދުވަހެވެ.