ރާއްޖޭގެ ދެ ރަށެއްގައި 25 ޓަނުގެ ދެ އައިސްޕްލާންޓް ޤާއިމްކުރުމުގެ މަސައްކަތް ކުރުމަށް ފެނަކައާ ޙަވާލު ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރައްވައިފިއެވެ. މިއީ މިނިސްޓްރީ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން ކުރިއަށްގެންދާ މަސައްކަތެކެވެ.

މި އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިނިސްޓްރީ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރގައެވެ.

މިގޮތުން އައިސްޕްލާންޓް ގާއިމް ކުރުމަށް ނިންމާފައިވަނީ ގދ. ފިޔޯރި އަދި ގދ. މަޑަވެލި، މި ދެ ރަށުގައެވެ.