މިއަހަރު ވެލެންޓެއިން ޑޭ ހިޓްލަރުގެ ތީމަށް ފާހަގަ ކުރަން އުޅެނިކޮށް އެކަމަށް ހުރަސް އަޅައިފިއެވެ. އޮސްޓްރޭލިއާގައި ހިޓްލަރުގެ ތީމްގައި ވެލެންޓެއިންސް ޑޭގެ މުނާސަބާ އާ ގުޅޭ އުފެއްދުންތައް އޮން ލައިކޮށް ވިއްކަނިކޮށް ޔަހޫދީންނާއި އެމީހުންނަށް ހެޔޮ އެދޭ ފަރފާތްތަކުން ހޯއްބޯއް ލެވުމުން އެކަން ހުއްޓުވައިފިއެވެ.

ޖަރުމަން ނާޒީ ޑިކްޓޭޓަރ ހިޓްލަރަކީ ޔަހޫދީން ނައްތާލުމަށް ޕްރޮގްރާމެއް ޔޫރަޕްގައި ހިންގި މީހެކެވެ. ހިޓްލަރުގެ ޕްރޮގްރާމުން ސަލާމަތް ވި ނިކަމެތި ޔަހޫދީން ފަލަސްތީނަށް އާގުބޯޓުތަކުގައި އައިސް ފޭބުމުން، އެމީހުންނަށް ކާންދީ އުނުއަނދެދީ ހެދީ ފަލަސްތީނު މީހުންނެވެ. ފަހުން ޔަހޫދީން ދޯކާ ދިނީ އެމީހުންނަށެވެ.