ބަހުރައިން އިން ބާރުއަޅަނީ ދެ ދައުލަތުގެ ހައްލަށް ކަމަށް ވޮޝިންޓަނުގައި ހުންނަވާ ބަހުރައިންގެ އެމްބެސެޑަރު ވިދޅުވެއެވެ. އަދި އިޒްރޭލުގެ ކަނާތު ފިޔައިގެ ޕާޓީތަކުގެ ފިއްތުންތައް ބޮޑު ވަޒީރު ނަތަންޔާހޫ އަށް އޮންނާނެ މިންވަރު އިހުސާސް ކުރެވޭ ކަމާއި ނަތަންޔާހޫ ބެލެންސެއް ގެއް ގެންގުޅުއްވަން ޖެހޭ ކަމަށްވެސް އެމްބެސެޑަރ ޝެއިޚު އަބްދުﷲ ބިން ރާޝިދު އާލް ޚަލީފާ ދެކެވަޑައިގަންނަވައެވެ.

އޭނާ ވިދާޅުވީ ފަލަސްތީނު މީހުންގެ ހައްގުތައް ގުރުބާން ކޮށްފައި ބަހުރައިންއަކަށް އިޒްރޭލާއެކު ގުޅުމެއް ނު ބެއްވޭނެ ކަމަށެވެ. އަދި އިޒްރޭލުން ފަލަސްތީނުގެ މައްސަލާގައި އަމަލު ކުރާ ގޮތުން ބަހުރައިންގެ ސަރުކާރަށްވެސް ގޮން ޖެހުން ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.