އިޒްރޭލާ ދެކޮޅަށް އީރާނުން ދީފާނެ ރައްދަކަށް އިޒްރޭލު ސިފައިން ތައްޔާރުވާން ފަށައިފިއެވެ. އިޒްރޭލުގެ ސަލާމަތީ ފަރާތްތަކުން ބުނެފައި ވަނީ ފާއިތުވި 12 ގަޑި އިރުގެ ތެރޭގައި އީރާނުން ސަޕޯޓް ކުރާ ފަރާތްތަކަށް ހަތިޔާރު ސަޕްލައި ކުރުމަށް ކޮށްފައިވާ މަސައްކަތަށް ހުރަސްއަޅާފައިވ ާކަމަށެވެ.

އިޒްރޭލުން ބުނަނީ އީރާނުން ރައްދު ހަމަލަ ދޭނީ މަދަނީންގެ އަމާޒުފަތްގަނޑު ތަކަށެވެ. ފާއިތުވި ތަނުގައި އީރާނުން ވަނީ ސޫރިޔާގައި އެމެރިކާއާއި އިޒްރޭލުން ބަދަލު ހިފުމަށް ޑްރޯން ހަމަލަތައް ދީފައެވެ.