ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ ދަށުން ބޭރުތޮށި ލުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އޭގެ އިތުރުން ރިވެޓްމެންޓް ޕްރޮފައިލް ކުރުމުގެ މަސައްކަތް ވަނީ 81 އިންސައްތަ ފުރިހަމަކުރެވިފައެވެ. މީގެ އިތުރުން، ހާބަރ ޕޭވްމެންޓް އެޅުމުގެ މަސައްކަތުގެ 77 އިންސައްތަ، އަދި އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 85 އިންސައްތަވެސް މިހާރު ވަނީ ނިންމާލެވިފައެވެ. ޖުމްލަކޮށް މުޅި ބަނދަރުގެ 61 ސައްތަ މިހާރު ވަނީ ނިމިފައެވެ.

މި މަޝްރޫޢުގެ ދަށުން، 78,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 378 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 58 މީޓަރުގެ ގްރޮއިން ޖެހުމާއި، 478 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 630 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 6،858 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ޖެޓީއެއް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ. މި މަޝްރޫޢަކީ 75.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.