ކުޑަކުއްޖަކަށް ޖިންސީގޯނާކުރިކަމުގެ ތުހުމަތުގައި އުމުރުން 73 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އޭހާ ހައްޔަރުކޮށްފައިވަނީ ކ. އއ. އދ. އަދި ވ. އަތޮޅު ހިމެނޭ ރަށަކުން ކަމަށެވެ. އޭނާ ޖިންސީ ގޯނާ ކޮށްފައިވަނީ އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށެވެ. މި މައްސަލައިގެ ރިޕޯޓު ލިބިފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލާގައި ކުއްޖާގެ ރަށާއި އެހެނިހެން މައުލޫމާތު ހާމަނުކުރީ ކުޑަކުއްޖަކަށްވާތީ އެކުއްޖާގެ ރައްކާތެރި ކަމަށްޓަކައި ކަމަށް ފުލުހުން ބުންޏެވެ.
މިފަދަ މައްސަލައެއްގައި އިއްޔެވެސް ވަނީ މީހަކު ހައްޔަރު ކޮށްފައެވެ. އުމަރުން 13 އަހަރުގެ ކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކޮށްފައިވަނީ 60 އަހަރުގެ މީހެކެވެ.