ހަތިޔާރާއެކު ސިފައިން ޙަރަކާތްތެރިވާ އަސްކަރީ ތަމްރީން ތަކެއް ހުޅުމާލޭގައި ފަށަން ނިންމާފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. އަސްކަރީ މިހަރަކާތް ކުރިއަށް ގެންދާނީ ހުޅުވާމާލޭ ފޭސް އެކަކާއި ދޭއްގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މި ތަމްރީން ކުރިއަށް ގެންދާއިރު ހުޅުމާލޭގޭ އެކިސަރަހައްދު ތަކުގައި ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވާނެއެވެ.

މިއީ ފެބުރުވަރީ އެކަކުން ނުވަޔަކަށް ކުރިއަށް ގެންދާ އަސްކަރީ ތަމްރީނެކެވެ. މިއީ އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ ޕޮލިހާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމްއެންޑީއެފުން މިފަދަ ތަމްރީންތައް ބާއްވާނީ މިގޮަތަށް އާންމުކޮށް އެންގުމަށްފަހު އެވެ. އެހެންނޫނީ މީހުންގެ ހިތުގައި ބިރުވެރިކަމެއް އުފެދިދާނެ ކަމަށް ބެލެވެއެވެ.

ތިލަދުންމަތީ އުތުރުބުރީ ކަނޑުންމަތީން އިއްޔެ ވަނީ މަސްވެރީންނަށް ހަނގުރާމަމަތީ މަނަވަރެއްވެސް ފެނިފައެވެ. އަދި އޭގެ ފޮޓޯ ނަގައި ވަނީ ސޯޝަލް މީޑިއާގައި ދައުރުވެސް ކޮށްފައެވެ. އެއީ ހައިޑްރޯގްރެފިކް ސާވޭއެއް ކުރުމަށް އެސަރަހައްދުގައި ހަރަކާތްތެރިވާ މަނަވަރެކެވެ. އެ މަނަވަރު އެސަރަހައްދުގައި ހަރަކާތްތެރިވާނޭ ކަމަށް ކުރިން ވެސް އެމްއެންޑީއެފުން ވަނީ އާންމުކޮށް އަންގައިފައެވެ.

ޖަނަވަރީ ނަވާރަވަނަ ދުވަހުން ފެށިގެން ފެބުުރުުވަނީ 28 ގެ ނިޔަލަށް އެސަރަހައްދުގައި މަަނަވަރު ހަރަކާތްތެރިވާނޭ ކަމަށް އެމްއެންޑީއެފުން ވަނީ މިހިނގާ ޖަނަވަރީމަހު ބުނެފައެވެ.