އަމާޒަކީ މިއަހަރު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ސާފިންގ އިން ރާއްޖެއަށް މެޑައްޔެއް ހޯދުން ކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސާފިން އެސޯސިއޭޝަނާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމަކަށްފަހު ކުރެއްވި ޓުވީޓެއްގައެވެ.
މި ބައްދަލުވުމުގައިވަނީ އެ އެސޯސިއޭޝަނުން މި އަހަރު ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ކަންކަމާ ގުޅޭގޮތުން މިނިސްޓަރާ މަޝްވަރާ ކުރައްވައިފިއެވެ.
މިނިސްޓަރުގެ އަމާޒު މެޑައްޔަކާ ދިމާއަށް ހުއްޓަސް އެއީ ކޮންކަހަލަ މަޑައްޔެއް ކަމެއް ވިދާޅުވެފައެއް ނުވެއެވެ.