މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ޖަގަހަ ޖަލްސާއެއް ބާއްވަން ތައްޔާރުވެއްޖެއެވެ. އެޕާޓީން ބާއްްވާ މިޖަލްސާ އޮންނާނީ އަންނަ ބުރާސްފަތިދުވަހުގެރޭ 8:45 ގައި އެޕާތީގެ ޖަގަހަ މއ. ކެލާވީގައެވެ.

މިޖަލްސާގައި ވީހާވެސް ގިނަ މެމްބަރުން ބައިވެރިވުމަށް އެޕާޓީން ވަނީ އެދިފައެވެ. އެމްއެންޕީއަކީ ޒުވާން ޕާޓީތަކުގެ ތެރެއިން ރާއްޖޭގައި އެންމެ އަވަހަށް ކުރިއަރަމުން އަންނަ ޕާޓީއެވެ. މިހާރުވެސް އެޕާޓީގެ ބައެއް ޓީމްތައް ދަނީ ޕާޓީއަށް މެމްބަރުން އިތުރުކުރުމާއި ޕާޓީ ތައާރަފް ކުރުމުގެ މަސައްކަތްކަތުގައ ބައެއް ރަށްރަށުގައި ހަރަކާތްތެރިވަމުންނެވެ.

އެޕާޓީގައި މިވަގުތު ތިބި މެމްބަރުންގެ އަދަދަކީ 10424 އެވެ. އެމްއެންޕީން ވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނިންމައި ޕާޓީގެ ރިޔާސީ ޓިކެޓު އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމަށް ދީފައެވެ. ނާޒިމް ވިދާޅުވީ އޭނާއަށް ރާއްޖޭގެ ވެރިކަން ލިބިވަޑައިގެންފި ކަމަށްވާނަމަ ރައްޔިތުންނަށް އަމާންކަމާއި އުފާވެރިކަމާއި ފުދުންތެރިކަން ގެެނެސްދެއްވާނޭ ކަމަށެވެ. އެމްއެންޕީން މިހާރު ގެންދަނީ ޕާޓީގެ ރިޔާސީ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ.