އއ. މަތިވެރިން ގެއްލިގެން ހޯދަމުންދާ ހަސަން އަލީ (މަތިވެރީ ހަސަންފުޅު) އަދިވެސް ނުފެންނަކަމަށް އާއިލާއިން ބުނެފިއެެެެެވެ. އޭނާ ގެއްލުނުތާ މިއަދަށް މިއީ ދެވަނަ ދުވަހެވެ.

އިއްޔެ އިން ފެށިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެރަށު ރައްޔިތުން ގުޅިގެންދަނީ ކުރަމުންނެވެ. މިހާތަނަށް އެއަތޮޅުގެ ހުރިހާ ރަށެއް ބެލިއްޖެ ކަމަށް ހަސަންފުޅުގެ ދަރިއަކު ބުންޏެވެ. އޭނާ ބުނީ މިހާތަނަށް ބެލިބެލުމުން އޭނާގެ ބައްޕަގެެ ޚަބަރެއް ލިބިފައި ނުވާކަމަށެވެ. އެމްއެންޑީއެފްގެ އެހީތެރި ކަމާއެކު ރަށުގެެ ފަޅުތެރެވެސް މިހާރުވަަނީ ބަލައިފައި ކަމަށް އޭނާ ބުންޏެވެ. އެހެންނަމަވެސް ރަށުގެ ފަޅުތެރެއިންވެސް ހަސަންފުޅުގެ ހިލަމެއް ނުވެއެވެ. ''ބައްފައަކީ ވަރަށް ގިނައިން ކައިރި ރަށްރަށަށް ދަތުރު ކުރާމީހެއް. އެހެންވެ އަޅުގަނޑުމެން ނިންމައިގެން ތިބީ ބައްޕަ ވާނީ އެއިން ރަށެއްގައި ކަމަށް. އެކަމަކު ރަށަކުން ވެސް އަދި ޚަބަރެއް ނުވޭ،'' ހަލިނިއުސްއަށް މައުލޫމާތު ދެމުން ހަސަންފުޅުގެ ދަރިފުޅު ބުންޏެވެ.

ހަސަންފުޅަކީ އުމުރުން 72 އަހަރުގެ މީހެކެވެ. އޭނާއަކީ ކައްކަން ބޭނުންކުރާ އުނދުން ފަދަ ތަކެތި އަމިއްލައަށް ހަދާ މަސައްކަތްތެރިިއެކެވެ. ޖުމުލަ 10 ކުދިން އޭނާގެ ތިބެއެވެ.

އޭނާ ގެއްލުނު ކުރިން އެންމެ ފަހުން ފެނިފައިވަނީ އެރަށުގެ ބަނދަރުމަތިން ކަމަށް ރަށުގެ ބައެއް މީހުންނާ ހަވާލާދީ އާއިލާއިން ބުންޏެވެ.