ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ގެ "ހޯސްޕް ކޮންފަރެސް" ދަރުބާރުގޭގައި މިއަދު ފަށައިފިއެވެ.

މިއަދުން ފެށިގެން މިމަހުގެ4 އަށް ކުރިއަށްދާ މިކޮންފަރެންސްގައި ބައިވެރިވަނީ އެ ކޯލިޝަންގެ ދާއިރާތަކުގެ ރައީސުންނާއި، ޒުވާނުގެ ގޮފިތަކުގެ ރައީސުންނާއި، އަންހެނުންގެ ގޮފިތަކުގެ ރައީސުންނާއު، ސެނެޓަރުންނާއި، ކައުންސިލަރުންނާއި، އަންހެނުންތެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންނެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ މި ކޮންފަރެންސްގައި ބައިވެރިވާން 1157 މަންދޫބުން ރަޖިސްޓްރީވެފައިވާ ކަމަށެެވެ. މި ކޮންފަރެސަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ޚާއްސަ ކޮންފަރެންސެކެވެ. މީގެ މަޝްވަރާތައް މާދަމާރޭވެސް ކުރިއަށްދާނެއެވެ. ކޮންފަރެންސް ނިންމުން އޮންނާނީ ހޮނިހިރު ދުވަހުގެރޭ އާޓިފިޝަލް ބީޗުގައި 8:30 ގައެވެ. މި ކޮންފަރެންސްގައި ހިމެނޭ ޚާއްސަ ހިނގާލުމެެއް މާދަމާ ހަވީރު ޕީޕީއެމް އޮފީސް ދޮރުމަތީން ފަށާނެއެވެ. ހިނގާލުން ފަށާނީ 3:45 ގައެވެ.