އއ. މަތިވެރިން ގެއްލިގެން ހޯދަމުންދާ ހަސަން އަލީ (މަތިވެރީ ހަސަންފުޅު) އަދިވެސް ނުފެންނަކަމަށް އާއިލާއިން ބުނެފިއެެެެެވެ.

ފުލުހުން ބުނީ އޭނާ ހޯދުމުގެ މަސައްކަތުތެ ތެރެއިން މަތިވެރީ ފަޅުތެރެއަށް ޑައިވްކޮށްގެން ވެސް ބަލައިފި ކަމަށެވެ. އޭގެ އިތުރުން އެރަށުގެ ގޭބިސީތައް ވެސް ބަލައިފި ކަމަށެވެ. އެހެން ނަމަވެސް އެމީހާގެ ހިލަމެއް އަދި ނުވާކަމަށް ފުލުހުން ބުންޏެވެ. އޭގެ އިތުރުން ރަށުގެ ހުރިހާ ހިސާބުތަކާއި ފަޅުގޯތި ތަކަށް ދާނދެން ވަނީ ބަލާފައި ކަމަށް ފުލުހުން ވަނީ މިއަދު ބުނެފައެވެ. އަދިވެސް އިތުރަށް ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ހަސަންފުޅު ގެއްލިގެން ހޯދަން ފަށައިފައިވަނީ ފެބުރުވަރީ އެކެއްގައެވެ.