"ސްމޯލް ބޯޓް ކޮކްސްވައިން ކޯސް" ފަށައިފި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ. އެމްއެންޑީއެފްއިން ވިދާޅުވީ މި ކޯހަކީ ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިންނަށް ހިންގާ ކޯހެއްކަމަށެވެ

މީގެ އިތުރަށް އެމްއެންޑީއެފްއިން ވިދާޅުވީ ފެށުމުގެ ރަސްމިއްޔާތު އޮތީ ކަލާސީނުކޮށީގައި ކަމަށާއި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޯސްޓްގާޑުގެ ޓްރެއިނިންގ ޑިވެލޮޕްމަންޓް އެންޑް ރިސާޗް ޑިޕާޓްމަންޓްގެ ޑައިރެކްޓަރ، މޭޖަރ އަޙްމަދު ޖަމީލު ކަމަށެވެ.

މިކޯހަކީ، ކޯސްޓްގާޑްގައި ބޭނުންކުރާ ކުދި އުޅަނދުތައް ދުއްވުމުގެ ހުނަރާއި އުކުޅުތައް ދަސްކޮށްދިނުމަށް ހިންގާ ކޯހެކެވެ. އެމްއެންޑީއެފް ކޯސްޓްގާޑުގެ ހަތަރު ސެއިލަރުން ބައިވެރިވެފައިވާ މި ކޯހުގައި ނެވިގޭޝަން, ބޯޓް ހެންޑްލިންގެ, ރޫލް އޮފް ދަ ރޯޑްގެ އިތުރުން މެރިޓައިމް ލޯގެ ބައިތައް ކިޔަވައިދޭނެ ކަމަށްވެސް އެފަރާރުން ވިދާޅުވިއެވެ.

މި ކޯހުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ ޔޫއެންއޯޑީސީގެ މުދައްރިބުންނެވެ. މި ކޯހުގެ މުއްދަތަކީ ތިން ހަފްތާއެވެ.