ރާއްޖެ އާއި އެސްވަތީނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފިއެވެ.

ރޭ ބޭއްވި ރަސްމިއްޔާތުގައި ރާއްޖެ އާއި އެސްވަތީނީގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން ގާއިމު ކުރުމާ ބެހޭ ޖޮއިންޓް ކޮމިއުނިކޭގައި ސޮއި ކުރެއްވީ ރާއްޖޭގެ ފަރާތުން އދ. އަށް ކަނޑައާޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސެއިނެވެ.

އަދި އެސްވަތީނީގެ ފަރާތުން ސޮއިކުރެއްވީ އެސްވަތީނީ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު މެލޫސީ މާޓިން މަސޫކޫއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ދެ ގައުމުގެ ދެމެދު ސިޔާސީ ގުޅުން ގާއިމު ކުރުމަކީ އުފާކުރައްވާ ކަމެއް ކަމަށެވެ.

މީގެ އިތުރުން ދެ ގައުމުގެ މެދުގައި ގުޅުން ބަދަހިކޮށް އެއްބާރުލުން ދެވެން ހުރި ދާއިރާތަކުން އެއްބާރުލުން ދިނުމުގައި އެސްވަތީނީގެ ހާރިޖީ ވަޒީރު ތުލިސިލް ޑްލަޑްލާއެކު މަސައްކަތް ކުރެއްވުމުގެ އުންމީދުގައި ހުންނެވި ކަމަށް ޝާހިދު ވިދާޅުވިއެވެ.