ވަޅިން ހަމަލަ ދިން ފަހުން މުޅިން ހިތް ބިރު ގަނެއްޖެ ކަމަށް ސަލްމާން ރުޝްދީ ބުނެއެވެ. އެމެރިކާގައި އޭނާގެ އައު ވާހަކަ މިއަދު ޝާއިއުކުރާ މުނާސަބާގައި ނިއުޔޯކާ މެގަޒިންއަށް ދިން އިންޓަވިއުގައި ރުޝްދީ ބުނީ ލިޔަން އިށީންކަމުގައި ވިއަސް ބޮލަކުން އެއްޗެއް ނުނިކުންނަ ކަމަށެވެ.

"ސިކުނޑި ހުންނނީ ހުސްކޮށް، ލިޔެން އުޅެގެން ލިޔެވެނީ މުޅިންވެސް ތާކުންތާކު ނުޖެހޭ ޖުމުލަތަކެއް" ރުޝްދީ ކިޔައިދިނެވެ.

އޮގަސްޓް 17 ވަނަ ދުވަހު ނިއުޔޯކުގައި ޒުވާނަކު އޭނާއަށް ވަޅިން ހަމަލަ ދިން ފަހުން 75 އަހަރުގެ މުމްބާއީގެ މުސްލިމު ދީންވެރި އާއިލާއަކަށް އުފަން ލިޔުންތެރިޔާ ގިނަ ދުވަސްވަންދެން ހަސްފަތާލުގައި އޮތެވެ.