ޗައިނާއިން ޔޫރަޕަށް ދާމީހުންނަށް ވިސާ ލިބުމުގައި ލަސްތަކެއް ކުރިމަތި ކުރުމާ ގުޅިގެން ބައެއް މީހުން ދަނީ އެމީހުންގެ ދަތުރުތައް ކެންސަލް ކުރަމުންނެވެ. ވިސާ ދިނުމުގެ މައްސަތުގައި އުޅޭ ފަރާތްތަކުން ބުނަނީ އެމައްސަލަ ދިމާވެފައި ވަނީ ކުއްލިއަކަށް ޗައިނާއިން ޒީރޯ ކޯވިޑްގެ ހުރަސްތައް އުވާލުމާ ގުޅިގެންނެވެ.
އަދި އެކަމުގެ ސަބަބުން ސްޓާފުން ނެތުމާއި މަސައްކަތް ދުރާލާ ވިލަރެސް ކުރެވިފައި ނެތުމަކީ ސަބަބެއް ކަމުގައި ބުނެއެވެ.
ޔޫރަޕގެ ވިސާއަކީ އެކަށީގެންވާ ވަރަށް މުވައްޒަފުން ނެތުމުގެ ސަބަބުން ހުރިހައި ހިސާބެއްގައިވެސް ލިބުމުގައި ލަސްކަމެއް އުޅޭ އެއްޗެކެވެ. ނަމަވެސް ޗައިނާގެ މައްސަލާގައި ފާހަގަ ކުރެވެނީ ޔޫރަޕް ވިސާއަށް އާދަޔާ ޚިލާފް ލަސްކަމެއް އުޅޭ ކަމަށެވެ.
ޗައިނާގެ އެންމެ ގާތް ޔޫރަޕްގެ ވިޔަފާރި އެކުވެރިޔާ ޖަރުމަންވިލާތަށް ދާން އުޅުނު ދެވަފްދަކުންވެސް ވަނީ ވިސާލިބުމުގައި ދިއުޅި ދިގުވުމުގެ ސަބަބުން ސަތުރު ކެންސަލް ކޮށްފައެވެ.