އިންޑިއާއިން ސޫރިޔާއަށް ދޭ އެހީގެ ފްލައިޓް ޣާޒީއާބާދުގެ ހިންޑަން އަސްކަރީ އެއަރޕޯޓުން ފުރައިފިއެވެ. އެ ބޯޓުގައި ހިމެނެނީ ކުއްލި ހާލަތުގައި ބޭނުންވާ ބޭސްފަރުވާގެ ސާމާނުތަކެވެ. ސޫރިޔާގެ ހަނގުރާމާ ހެދި އިންޑިއާއިން އެހީ ދޭނެ މީހުން ސޫރިޔާއަކަށ ްނުފޮނުވައެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނިގޮތުގައި 6.5 ޓަނިހެ ބޭހާއި އެއާ ގުޅުން ހުރި ސާމާނުތައް ފޮނުވާފައ ވާނެއެވެ. އަދި އެބޭސްތަކަކީ ބިންހެލުންފަދަ ހާލަތްތަކުގައި ދިމާވާ ސިއްހީ ކާރިސާގައި ދޭން ބޭނުން ކުރާ ބޭސްތައް ކަމަށް ބުނެފައި ވެއެވެ.