ކާނާއާ ބެހޭ އދގެ ޖަމުއިއްޔާ އެފްއޭއޯގެ ތަފާސްހިސާބުން ދައްކާ ގޮތުގައި ދުނިޔޭގައި އެންމެ ގިނައިން ކިރު އުފައްދާ ގައުމަކީ އިންޑިއާއެވެ. ދުނިޔޭގައި ބޭނުން ކުރާ ކިރުގެ 24 ޕަސެންޓަކީ އިންޑިއާއިން އުފައްދާ ކިރެވެ.

އިންޑިއާ ސަރުކާރުން ބުނާ ގޮތުގައި މިދިޔަ އަށް އަހަރު ދުވަހުގެ ތެރޭގައި އިންޑިއާއިން ކިރު އުފައްދާ މިންވަރު ވަނީ 51 ޕަސެންޓަށް އިތުރު ވެފައެވެ.