ދުނިޔޭގައި ހުރި އެންމެ ޝައުގުވެރި ލަގްޒަރީ ޔޮޓްތަކުގައި ތިމާ އެންމެ ގަޔާވާ ދަތުރުފަތުރުގެ މަންޒިލްތަކަށް ދަތުރުކުރުމުގެ ހުވަފެން ދުވަހަކުވެސް ފެނިފައިވޭބާވައެވެ. ހުވަފެނަކުން ނަމަވެސް މިހިތްގައިމު، ދުނިޔޭގެ ޒީނަތާއި އަރާމު އޭގެ އެންމެ ފުރިހަމައަށް، ކަނޑުގެ ސަތަހައިގައި، ގުދުރަތުގެ އިންތިހާ އަޖައިބުކުރުވަނިވި ނަލަނަލަ މަންޒަރުތަކަށް ހިތާއި ނަފުސު ދޫކޮށްލުމުގެ ނަސީބު ލިބިއްޖެނަމަ ހަޔާތުގެ އެއްދުވަސް އެހިސާބަށް ދިއުމަށް މަސައްކަތް ކުރާނެއެވެ. ދުނިޔޭގެ ވިޔަފާރީގެ ބާޒާރުގައި، ކަނޑުމަގުންލާފައި، ހިތާއި ސިކުނޑިއަށް އަރާމާއި ހަމަޖެހުން ހޯދައިދިނުމަށް ފަތުރުވެރިންނަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ އެންމެ އަގުބޮޑު، އަދި އެންމެ ފެންވަރު ރަނގަޅު ޔޮޓްތަކުގެ ތެރެއިން އެންމެ އަގުބޮޑު، އަދި އެންމެ ފެންވަރު ރަނގަޅުކަމަށް ހުރިހާ ގޮތަކުންވެސް ހޮވިފައިވާ ދުނިޔޭގެ އެންމެ ލަގްޒަރީ ޔޮޓަށް ނަޒަރު ހިންގާލަމާތޯއެވެ. ކޮންމެވެސް އެއްދުވަހަކުން ހުވަފެން ސީދާވެދާނެކަމަށް އުއްމީދުކުރަންވާނެއެވެ. ބައެއްކަންތައް ދެނެގަތުމަކީވެސް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
ދުނިޔޭގައި މިވަގުތު އޮތް އެންމެ ލަގްޒަރީ ޔޮޓް "އެކްލިޕްސް"އަކީ ނަލަ ރީތި އެހާމެ ފުރިހަމަ ޔޮޓެކެވެ. ރަޝިޔާގެ ބިލިއަނަރ ރޯމަން އަބްރަމޮވިޗް އަކީ ހެމްބާގްގެ ބްލޮމް އާއި ވޮސް އުފެއްދި އަދި 536 ފޫޓުގެ ދިގުމިނުގެ "އެކްލިޕްސް"ގެ ފަހުރުވެރި ވެރިޔާއެވެ.
"އެކްލިޕްސް"ގެ ދަތުރުވެރިންނަށް ލިބޭ ކަންތައްތަކަށް ބަލާލަމާހިނގާށެވެ. ޑިސްކޯ ހޯލް، ދެ ހެލިޕެޑް، 24 ގެސްޓް ކެބިން، 70 ފަޅުވެރިން، ދެ ސްވިމިންގ ޕޫލް، މިނީ ސަބްމެރިން އެއް، އެތައް ޔަކޫޒީ، ތިން ލޯންޗް ދޯނި އަދި ބެލެވޭ ގޮތުގައި ސިއްރު އެތައް އެގްޒިޓްތަކެއް ހުންނަ ކަމަށްޔަގީންކުރެވެއެވެ. (އެތަކެތި ބޭނުންކުރަނީ ކޮން ކަމަކަށްތޯ ސުވާލު އުފެދެއެވެ. އެހެނަސް ޖަވާބެއް ނުލިބެއެވެ.)މާސްޓަރ ސުއިޓަކީ 5،000 އަކަފޫޓުގެ ބޮޑުމިނުގައި ހުންނަ ސުއިޓެއް ކަމަށާއި، ބުލެޓްޕްރޫފް ކުޑަދޮރުތަކެއް ހުންނައިރު، އަމިއްލަ ބަގީޗާއެއް ވެސް ހިމެނެއެވެ. މި ޔޮޓުގައި ވަރަށް ތަފާތު ހާއްސަކަމެއް ހުރެއެެވ. އޭގެ ސަބަބުން ގިނަ ފޮރުވެން ބޭނުންވާ އެތައް މަޝްހޫރުބަޔަކަށް މިޔޮޓް ކަމުދެއެވެ. އެއީ ޔޮޓްގެ ވަށައިގެންވާ ސަރަހައްދުތައް ފޮޅާލާ އެންޓި ޕަޕަރާޒީ ލޭޒަރ ޝީލްޑެއް ވެސް ހުރެއެވެ.
ދުނިޔޭގެ އެންމެ މޮޅު ލަގްޒަރީ ޔޮޓްތަކުގައި ދުވަސް ފަށާނީ ރިސްޓޯރޭޓިވް ހެޑް މަސާޖަކުންނެވެ. އޭގެ ފަހުން މެންދުރުގެ ކެއުމަށް އެކަހެރި ޖަޒީރާއަކަށް ހެލިކޮޕްޓަރުގައި ދަތުރުކޮށް، މީރުވަސްދުވާ އިންޑިގޯ ފެނުގައި ފަތާފައި، އެންމެ ފަހުން ޗުއްޓީ ދުވަސް ނިންމާލާނީ ސީދާ ތިމާގެ ރަހައަށް ކައްކާފައި ހުންނަ ލޯކަލް ކެއުންތަކުންނެވެ.