ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުން ނެރުމަށް މަޖިލީހުގެ އަންހެން ސެކިޔުރިޓީން ފޮނުވުމުން އިދިކޮޅު ކޯލިޝަން ޕީޕިއެމް/ޕީއެންސީން އެކަން ކުށްވެރިކޮށްފިއެވެ.

އެ ކޯލީޝަނުނ ބުނެފައިވަނީ މަޖިލީހުގެ ފިރިހެން މެންބަރުން ގަދަކަމުން ނެރުމަށް އަންހެން ސެކިޔުރިޓީން ފޮނުވުމަކީ ކަނބަލުންގެ ޢިއްޒަތާއި ކަރާމާތް ގަސްދުގައި ނަގައިލުން ކަމަށެވެ. އެކަން ކޮށްފައިވަނީ މުޖުތަމަޢުގައިވެސް ކަނބަލުންނަށް ފުރައްސާރައާއި ނިކަމެތިކަން ކުރިމަތިވާނެ ފަދަ ގޮތަކަށްކަމަށް ވވެސް ބުނެފައިވެެއެވެ.

"މަޖިލީހުގެ ރިޔާސަތުން މިފަދަ ގޮތަކަށް މިކަން ރާވާފައިވަނީ އިދިކޮޅުގައި ތިބީ ހުސް ފިރިހެން މެންބަރުންކަން އެނގިވަޑައިގެން، އެމެންބަރުންނާއި އަދި އެ މެންބަރުން ތަޅުމުން ނެރެން ފޮނުވި އަންހެން ސެކިޔުރިޓީ ބޭފުޅުންވެސް ލަދުވެތި ކުރުވުމުގެ ބޭނުމުގައެވެ. މިއީ ދިވެހި އިސްލާމީ މުޖުތަމަޢު ޤަބުލުކުރާ ރިވެތި ހަމަތަކާއި އުސޫލުތަކާއިވެސް ޚިލާފަށް ހިންގާފައިވާ ވަރަށް ހަޑިހުތުރު ޢަމަލެކެވެ.އަންހެން ސެކިޔުރިޓީންނަށް ލަދުވެތިކަމާއި، ފުރައްސާރަ ކުރިމަތިވާ ގޮތަށް މިކަން މިހެން ހިނގާ ދިޔައިރު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި، ޖެންޑަރ މިނިސްޓަރާއި، އަންހެން ވަޒީރުންނާއި، މަޖިލީހުގައި ތިއްބެވި ހަމައެކަނި އެމްޑީޕީއަށް ނިސްބަތްވާ އަންހެން މެންބަރުންނާއި، ސިޔާސީ އެކިއެކި މަޤާމުތަކުގައި ތިއްބެވި އަންހެން ބޭފުޅުން އެ މަންޒަރުތައް ބައްލަވަން ވަރަށް ގަޔާވެގެން ތިއްބިވިކަމީ މިސަރުކާރުން އަންހެނުނަނަށް ކުރާ އިޙްތިރާމާއި ގަދަރު ކުޑަކަމާއި، މިސަރުކާރުން އަންހެނުން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކޮންމެ ފަދަ ގޮތަކަށްވެސް ބޭނުންކޮށްފާނެކަން ހާމަވެގެން ދިޔަ ކަމެކެވެ،" އެބަޔާނުގައިވެއެވެ.