މާލެއިން ޒުވާނަކު ގެއްލިގެން ފުލުހުން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ ހޯދަމުން އަންނަނީ މއ. ބޯޅަކިންކިރިމާގެ، އަހުމަދު އައިމަން (30އ) ކަމަށެވެ.

އަދި އައިމަން އާއިލާއަށް ހަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މީގެއިތުރުން ފުލުހުން ބުނީ އައިމަން އެންމެ ފަހުން ފެނިފައިވަނީ މެއި 16 ވަނަ ދުވަހުގެ 21:30 ހާއިރު، އޭނާ ދިރިއުޅޭ ގެއިން ކަމަށް އެނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށެވެ.

އަދި އަހުމަދު އައިމަންގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށްވެސް ފުލުހުން އެދިފައިވެއެވެ.