އީރާނުގެ އިރުމަތީ އަޒަރުބައިޖާން ޕްރޮވިންސަށް ހެލިކޮޕްޓަރެއް ވެއްޓި އީރާނުގެ ރައީސް އިބްރާހީމް ރައީސީ އާއި ފޮރިން މިނިސްޓަރު ހުސެއިން އަމީރަބްދުالله މަރުވެއްޖެ އެވެ.

އިރާނުގެ ސަލާމަތީ ބާރުތައް އެކްސިޑެންޓްވި ތަން ފެނުނީ އެގައުމުގެ ދަތި މޫސުމުގައި އެތަށް ގަޑިއިރެއް ވަންދެން ހޯދުމަށް ފަހު އެވެ. އުމުރުން 63 އަހަރުގައި އިރާޏުގެ ރައީސް އަވަހާރަވީ އެގައުމުގެ ވެރިކަމުގައި ހުންނަވައި ތިން އަހަރުވެފައި ވަނިކޮށެވެ. އިރާނުގެ ރައީސް އަވަހާރަ ވުމާއި ގުޅިގެން މިހާރު އެގައުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ އެގައުމުގެ ނައިބު ރައީސްއެވެ. އަދި ކުރިއަށް އޮތް ފަންސާސް ދުވަސް ތެރޭގައި އިރާނުގައި އައު އިލެކްޝަނެއް ބާއްވާނެ ކަމަށް އަލްޖަޒީރާއިން މައުލޫމާތުދެއެވެ.