ރާއްޖޭގައި މި އަހަރު ހުޅުވި ފުރަތަމަ ރިސޯޓް (މަޑިފުށި ޕްރައިވެޓް އައިލެންޑް ރިސޯޓް) މ. މަޑިފުށި، އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެ ރިސޯޓް ހިންގި ކުންފުނި ޖޫރިމަނާކޮށްފިއެވެ. މި ރިސޯޓް ޖޫރިމަނާ ކުރީ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ގޮނޑުދޮށް ހެދުމުގެ މަސައްކަތްތައް ގަވައިދާ ހިލާފަށް ކޮށްފަައިވާތީއެވެ. އަދި ޖޫރިމަނާ ކޮށްފައިވަނީ 20000 ރުފިޔާއަށެވެ.

އީޕީއޭ އިން ވިދާޅުވި ގޮތުގައި، އީއައިއޭ ފުރިހަމަ ނުކުރުމާއި ތިމާވެށީގެ ކްލިއަރެންސް ނުހޯދައި ކުރި މަސައްކަތްތަކާ ގުޅިގެން ޖޫރިމަނާ ކުރީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުން ލިބިދޭ ބާރުގެ ދަށުންނެވެ. އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ ތިރީސް ދުވަހުގެ ތެރޭގައި ޖޫރިމަނާ ފައިސާ ދައްކަން މޯލްޑިވްސް އިންފްލައިޓް ކޭޓަރިންއަށް އަންގާފައެވެ.

މަޑިފުށި ޕްރައިވެޓް އައިލެންޑް ރިސޯޓަކީ ވަރަށް ބޮޑަށް ތިމާވެއްޓާ ރައްޓެހިކޮށް ހަދާފައިވާ ރިސޯޓެކެވެ. އެ ރިސޯޓުގައި 80 ބީޗް އަދި އޯވާ ވޯޓާ ވިލާ ހުރެއެވެ.

މި ރިސޯޓް ހިނގަނީ ހުޅުލެ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ވެސް ހިންގާ ކުންފުނިންނެވެ.