ރައްޔިތުންގެ މަޖިލީހުގެ އިދާރާއިގެ ޖިމް ހުޅުވައިފިކަމަށް އެ މަޖިލީހުން ވިދާޅުވެއްޖެއެވެ. މި ޖިމް ހުޅުއްވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ.

އެ މަޖިލީހުން އިތުރަށް ވިދާޅުވީ މި ޖިމަކީ އެ މަޖިލީހުގެ މެންބަރުންނާއި މުވައްޒަފުން ބޭނުންކުރުމަށް ހާއްޞަކުރެވިގެން، ހުޅުވި ޖިމެއްކަމަށެވެ.

މި ޖިމް ގާއިމްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ 12 ވަނަ ފަންގިފިލާގައެވެ.