ތީމުގޭ ފާރުން ބައެއް ނެއްޓިގެން މަގުމައްޗަަށް ވެއްޓުމުގެ ތެރޭގައި ފާރުކައިރީ ހުރި ސައިކަލްތަކަކަށް ގެއްލުން ވެއްޖެއެވެ.

ސްޕްރީމްކޯޓާއި ހައިކޯޓު ހިންގަަމުން އަންނަ ތީމުގޭގެ ފާރުން ބައެއް ވެއްޓި ގެއްލުން ލިބުނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްއާއި ތީމުގެ އާ ދެމެދު އޮންނަ ހުސައިނީ ގޯޅި ތެރޭ ޕާކިންގ ގައި ހުރި ސައިކަލު ތަކެކެވެ.

ސޯޝަލްމީޑީޔާއިން ފެންނަ ވީޑިޔޯގައި ގާތްގަނޑަކަށް ތިންހަތަރު ފޫޓު ފުޅާމިނުގެ ސިމެންތިގަނޑެއް ފާރުން ނައްޓާލައިގެން އައިސް ސައިކަލުތަކުގެ މައްޗަށް ވެއްޓޭ މަންޒަރު ސާފެވެ. އެހެންނަމަވެސް މިއިން ގެއްލުމެއްގެ ތަފުސީލެއް ނުލިބެ އެވެ.

ތީމުގޭގެ މަރާމާތުގެ ކަންކަން ބަލަހައްޓަނީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ. މިއިމާރާތް މަރާމާތު ކުރުމަށް ބޭނުންވާ ބަޖެޓް ނުލިބޭތީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

މިކަމާ ގުޅިގެން ފުލުހުން ދީފައިވާ މައުލޫމާާތު ބުނާ ގޮތުގައި ތީމުގޭގެ ފާރުން ވެއްޓުނު ސިމެންތިގަނޑުން ޖެހިފައި ފަސް ސަައިކަލަށް ވަނީ ގެއްލުން ލިބިފަ އެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްުލުން ވި ކަމެއް އެނގިފައެއް ނެތެވެ. ހާދިސާއާ ގުޅިގެން އިތުރަށް ފުލުހުން ކަންތައްތައް ބަލަމުންދާ ކަމަށް ވިދާޅުވިއެވެ.