މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު، އުނގޫފާރު ކައުންސިލްގެ ޤުރުއާން މުބާރާތެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް އެރަށު ކައުންސިލްއިން ވިދާޅުވެއްޖެއެެވެ. އަދި މިމުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވައިލައިފާކަ މަށާއި މިއީ ހުރިހާ އުމުރުފުރާ އަކަށް އާންމުކޮށް ހުޅުވާލި މުބާރާތެއް ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން، މި މުބާރާތް ކުރިޔަށް ދާނީ ދެ ގޮތްޕަކަށް ބަހާލެވިގެންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮތްޕެވެ. ކޮންމެ ގޮތްޕެއްގަވެސް 6 އުމުރުފުރާ ހިމެނޭނެއެވެ. އުމުރުފުރާ ކަނޑައެޅުމުގައި ބަލާނީ މިއަހަރުގެ ޖަނަވަރީ އެކަކަށް ބައިވެރިޔާއަށް ފުރޭ އަހަރަށެވެ.

މީގެ އިތުރުން، މިމުބާރާތުގެ 6 އަހަރުން ދަށުގެ އުމުރުފުރާގެ ބައިވެރިންގެ ކިޔެވުމަށް އިންސާފުކުރާ ގޮތަށް ހަމަޖެހިފައެއް ނުވެއެވެ. ނަމަވެސް 6 އަހަރުން ދަށުގެ އުމުރުފުރާގެ ބައިވެރިންގެ ކިޔެވުމަށްފަހު ވަޤުތުން ދެވޭ ހަނދާނީ ލިޔުމަކާއި، ޓްރޮފީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެނޫން ކޮންމެ އުމުރުފުރާ އަކުން އެންމެ މޮޅު 1 ވަނަ، 2 ވަނަ، 3 ވަނަ ބައިވެރިން ހޮވޭނެއެވެ. މިވަނަތައް ހޮވޭނީ 2 ގޮފިން ވަކިންނެވެ. އަދި މުޅި މުބާރާތުގެ 1 ވަނަ، 2 ވަނަ، 3 ވަނަ ހޮވޭނެ ކަމަށްވެސް އެފަރާތުން ވިދާޅުވިއެވެ.

މިމުބާރާރުގެ ވަނަވަނައަށް އަންނަ ބައިވެރިންނަށް ކަނޑައެޅިފައިވާ އިނާމްތަކަކީ:

މުޅި މުބާރާތުގެ 1 ވަނަ:

  • -/15000ރ ޓްރޮފީ އާއި ސެޓްފިކެޓް
  • 2 ވަނަ -/10000ރ ޓްރޮފީ އާއި ސެޓްފިކެޓް
  • 3 ވަނަ -/5000ރ ޓްރޮފީ އާއި ސެޓްފިކެޓް

ކޮންމެ އުމުރުފުރާއަކުން:

  • 1 ވަނަ ޓްރޮފީ އާއި ސެޓްފިކެޓް އާއި ފައިސާގެ އިނާމް
  • 2 ވަނަ ޓްރޮފީ އާއި ސެޓްފިކެޓް އާއި ފައިސާގެ އިނާމް
  • 3 ވަނަ ޓްރޮފީ އާއި ސެޓްފިކެޓް އާއި ފައިސާގެ އިނާމް

ކޮންމެ ގޮތްޕަކުން :

  • 1 ވަނަ ޓްރޮފީ އާއި ސެޓްފިކެޓް އާއި ފައިސާގެ އިނާމް
  • 2 ވަނަ ޓްރޮފީ އާއި ސެޓްފިކެޓް އާއި ފައިސާގެ އިނާމް
  • 3 ވަނަ ޓްރޮފީ އާއި ސެޓްފިކެޓް އާއި ފައިސާގެ އިނާމް

މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ލިބިވަޑައިގަންނަވާނީ ރ.ދުވާފަރު ކައުންސިލް އިދާރާއިންނެވެ. ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ ރ.ދުވާފަރު ކައުންސިލް އިދާރާއަށެވެ. މި މުބާރާތުގެ ބައިވެރިވުމުގެ އެންމެ ފަހު ތާރީޚައަކީ މިމަހުގެ 28އެވެ.