އެމްއެންޕީ އިން އަބަދުވެސް މަސައްކަތްކުރާނީ ދިވެހި ރައްޔިތުންްނަށް ފަސޭހަ، އަރާމު ދިރިއުޅުމެއް ތަނަވަސް ކޮށްދިނުމަށް ކަމަށް އެޕާޓީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
މާލެ އަތޮޅު ގުރައިދޫގައި އެމްއެންޕީގެ ޖަހައެއް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ނާޒިމްް ވިދާޅުވީ އެމްއެންޕީގެ ވެރިކަމެއްގައި ދިވެހި އާއިލާތައް ހޭދަކުރާނީ އުފާވެެރި ލުއިފަސޭހަ ރައްކާތެރި ދުވަސްތަކެއް ކަމަށެވެ. އެކަންކަން އެގޮތަށް ކުރައްވާނީ ރޭވުންތެރިކަމާއި ހިކުމަތްތެރިކަމާއެކު ރައްޔިތުންގެ މުހުތާދުތައް ރަނގަޅަށް ދިރާސާ ކޮށްގެން އެނގިގެން ކަމަށް ވެސް ވިދާޅުވިއެވެ.
ކޮންމެ ދިވެއްސަކީވެސް އެއްވެސް ހާސްކަމެއްނެތި ފުދުންތެރި ދިރިއުޅުމެއް އުޅެވޭނޭ މީހަކަށް ހެދުމަށް ވަޒީފާތަކާއި އާމްދަނީ ލިބޭނޭ ކަންކަން ފަހިކޮށްދެއްވަން މަސައްކަތްް ކުރައްވާނޭ ކަމަށް ވެސް ވިދާޅުވިއެވެ. އޭގެ ސަބަބުން ކޮންމެ ރައްޔިތެއްގެ ބޭންކު އެކައުންޓުވެސް ތިޔާގިވުމުގެ ފުރުސަތު ފަހިވެގެންދާނޭ ކަމަށް ވެސް ވިދާޅުވިއެވެ.
އެމްއެންޕީގެ ވެރިކަމެއްގައި ގުރައިދުއަށް ވެސް ތަސައްވުރެއް އޮންނާނޭ ކަމަށާއި އެ ޕްލޭންތަކާއެއްގޮތަށް އަމަލުކޮށް އެރަށަށް ވެސް ހުރިހާ ގޮތަކަުން ތަރައްގީ ގެނެސްދިނުމަށް މަސައްކަތް ކޮށްދެއްވާނޭ ކަމަށް ވިދާޅުވިއެވެ.