ސުއިންޑްއިން ސޮލީމީ ހަމަލައަކަށް ދެކޮޅުހަދައިފިއެވެ. ސޮލީބީންގެ ބަޔަކު ރާވާފައި އޮތީ މުޒާހަރާއެއް ބާއްވައި ތުރުކީ އެމްބަސީގެ ކުރިމަތީގައި ބުރާސްފަތި ދުވަހު ކީރިތި ޤުރުއާން އަންދާލާ ގޮތަށެވެ.
ސޮލީބީ ހަމަލާއަށް ހުއްދައަކަށް އެދުމުން ސުއިޑްންގެ ޖާސޫސީ އިދާރާތަކާއި ސަލާމަތީ އިދާރާތަކުން ބޭއްވި ބައްދަލު ވުމެއްގައި ނިންމާފައި ވަނީ ސުއިޑްންއަށް އެކަމުން ހުރި ނުރައްކަލުން ސޮލީބީ ހަމަލައަށް ހުއްދަ ނުދޭ ގޮތަށެވެ.
ފުލުހުން އެކަން މަނާކުރަމުން ސޮލީބީންނަށް އަންގާފައި ވަނީ ފުލުހުންގެ ނިންމުމާ މެދު ހިތް ހަމަ ނުޖެހޭނަމަ މައްސަލަ ކޯޓަށް ވެއްދުމަށެވެ.
ސުއިޑްންގެ ފުލުހުންނަށް ހައްގު ގޮތް އެނގުމުން، މީސް މީހުން ވަނީ މީސްމީޑިއާގައި ފުލުހުންގެ ހެޔޮ ވިސްނުމަށް ހެޔޮ ބަސް ބުނެފައެވެ.
އިނގިރޭސިވިލާތުގެ މުސްލިމު ނޫސްވެރިޔާ ރޮބަރޓް ކާޓާރވެސް ވަނީ އެކަމަށް ތައުރީފް ކޮށްފައެވެ.