އެމްއެންޑީއެފް ކޯސްޑްގާޑު ޝިޕް ހުރަވީއަށް، ހުޅުމާލެގައި ހުންނަ ހުރަވީ ސުކޫލްގެ ކަބްސްކައުޓުން މިއަދު ޒިޔާރަތްކޮށްފި ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް ވިދާޅުވީ އެސުކޫލް ގްރޭޑް 5 ގައި ތަޢުލީމު ހާސިލުކުރަމުންދާ 25 ދަރިވަރުންނާއި ހަ ޓީޗަރުން ބައިވެރިވިކަމަށާއި މި ޒިޔާރަތުގައި، އެ ސްކޫލުގެ ކަބްސްކައުޓުންނަށް ކަނޑުމަތީގެ ނެވިގޭޝަނަލް ޗާޓް އަދި އިކްއިޕްމެންޓްތައްވެސް ވަނީ ދައްކާލައިފައިކަމަށެވެ.

މީގެއިތުރުން އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީގައި ބޭނުންކުރާ ނެވިގޭޝަނަލް އެއިޑްސްގެ މަޢުލޫމާތު ވެސް ދަރިވަރުންނަށް ވަނީ ފޯރުކޮށްދީފައެވެ.

‎މި ޒިޔާރަތުގައި، ހުރަވީ ސުކޫލްގެ ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނީ ކޯސްޓްގާޑު ޝިޕް ހުރަވީގައި މަސައްކަތް ކުރަމުންދާ ސިފައިންނެވެ.