ޅިޔަނާއެކު ކާރެއް ގަންނަން ގޮސް ހުއްޓާ އުމުރުން 38 އަހަރުގެ ރެންޑީ ޖޯންސް އައިސް އޭނާގެ ފައިސާ ކޮޅު ފޭރިގަންނަން އުޅުނެވެ. އެކަމާ ދެކޮޅު ހެދުމުން ބޮލަށް ބަޑި ޖަހައި މަރާލީއެވެ.

އުމުރުން 26 އަހަރުގެ އައިދީދް ފަޔާޒްގެ ޖަނާޒާ ބާއްވާފައި ވަނީ ނިއުޔޯކުގެ މައްކާ މަސްޖިދުގައި މިއަދެވެ. އައިދީދަކީ ޕާކިސްތާނުގެ ދަރިކޮޅުގެ ނިއުޔޯކު ފުލުހެކެވެ.

ދެ ކުދިންގެ ބައްޕަ މަރާލި އިރު އޭނާ ހުރީ އޮފް ޑިއުޓީގައެވެ. ނަމަވެސް ނިއުޔޯކު ފުލުހުން ވަނީ ރަސްމީ އިއްޒަތުގައި ޑިއުޓީގައިވެސް މަރުވާ ފުލުހަކާ މެދު މުއާމަލާ ކުރާ ގޮތަށް ޝަރަފްވެރިކަމާއެކު އޭނާގެ ޖަނާޒާގެ ކަންކަން ބާއްވާފައެވެ.

އައިދީދްގެ ބައްޕަ ވަނީ ނިއުޔޯކު ފުލުހުންނަށް ޝުކުރު އަދާ ކޮށްފައެވެ.